ލާދީނީ ވޯކްޝޮޕްތައް ހިންގަނީ ރައީސް ނަޝީދުގެ އެހީތެރިކަމާ އެކު: ހަލީލް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމްދީނާ ދެކޮޅު މައުލޫމާތުތަކެއް ފެތުރި ވޯކްޝޮޕްތައް ހިންގާފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއި އެކު ކަމަށް ނިލަންދޫ ދާއިރާގެ ކުރީ...

03 Mar 2020 | 05:20

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމްދީނާ ދެކޮޅު މައުލޫމާތުތަކެއް ފެތުރި ވޯކްޝޮޕްތައް ހިންގާފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއި އެކު ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ލާދީނީ ވޯކްޝޮޕްތައް ހިންގި ކަމަށްވަނީ ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އެވެ. މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގައި ހިންގިކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ޑރ. ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ވޯކްޝޮޕްތައް ރާއްޖޭގައި ހިންގި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ހިންގާ މީހުން ރާއްޖެ ގެނެސް ލާދީނީ ވާހަކަތައް ވިސްނައިދިނުމަށް ވޯކްޝޮޕްތައް ބާއްވަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއި އެކު ސަރުކާރުގެ ބައެއް އިސްވެރިން ކަމަށެވެ. މިފަދަ ތުހުމަތުތަކެއް މީގެ ކުރިންވެސް ނަޝީދުއަށް އިދިކޮޅު ފަރާތްތަކުން މި މައްސަލައިގަ ކުރި އެވެ.

އިތުރަށް އޭނާ ވިދާޅުވީ މުސްލިމުންނާއި ދެކޮޅަށް އިންޑިއާގައި ދެމުންދާ އަނިޔާއަށް ދިވެހި ސަރުކާރުން ހަނު ހުންނަމުންދާއިރު އެޖެންޑާ19 ގެ ސީދާ މަގުސަދު ރައްޔިތުންނަށް ސާފުވަމުންދާ ކަމަށެވެ.

https://twitter.com/abkhaleel/status/1234702605541990402

މި ތުހުމަތުތަކުގެ އަޑު ގަދަވީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއިލިއަމް ޖަމިއްޔާގެ މައްސަލައިގަ ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ކުރުމަށް ފަހު އެ މައްސަލަ ކުރިޔަށް ނުގެންދަން ނަޝީދު ނިންމެވުމުންނެވެ. ނަޝީދާއި އެމްޑީޕީ މެންބަރުން ވިދާޅުވީ އެ މައްސަލައަކީ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނެ ކަމެއް ނޫން ކަމަށެވެ.

ކުއިލިއަމް ޖަމިއްޔާއިން ބޭއްވި ވޯކްޝޮޕްތަކުގައި ޝިރުކުރުމާއި އިސްލާމް ދީނާ ޓެރަރިޒަމް ގުޅުވައި މައުލޫމާތު ދީފަވާކަމަށްވެ އެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހަރުކަށި ފިކުރުގެ މީހުން ކުރާ ކަމެއްގެ ގޮތުގައި ވޯކްޝޮޕުގެ ބައިވެރިންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް