ޖުމްހޫރީ ޕާޓީ(ޖޭޕީ) އިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ޖަލްސާ އެއް ބާއްވަން ނިންމައިފިއެވެ.
ރޭގައި ޖޭޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެފައިވަނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ދީނާއި ގައުމުގެ ދިފާއުގައި" މި ޝިއާރުގެ ދަށުންނެވެ.
ނިހާން ވިދާޅުވީ މި ގަލްސާގައި އިނަތިހާބުގެ ކެންޑިޑޭޓުން ތައާރަފް ކުރުންވެސް އޮންނާނެ ކަމަށެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ޖޭޕީއިން 127 ކެންޑިޑޭޓުން ވާދަކުރަން ހަމަޖެހިފައި ވެއެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ 56 މެމްބަރަކު ވާދަކުރާނެ އެވެ.
މިގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޕީޕީއެމް އިން ވެސް ވަނީ ކެމްޕޭން ލޯންޗްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް