އައިޖީއެމްއެޗު ކައިީގައި ހުޅުމާލެއަށްދާ ބަސް ސްޓޮޕެއް ހަދައިފި

އައިޖީއެމްއެޗު ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފައްޓަވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)...

03 Mar 2020 | 01:16

އައިޖީއެމްއެޗު ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށައިފި އެވެ.

މި ދަތުރުތައް ފައްޓަވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ބައިވެރިވަޑައި ގެންނެވި އެވެ.

އެމްޕީއެލްއިން ބުނީ އެ ސަރަހައްދަށް ގަޑިއަކު އެއް ފަހަރު ބަސް ދަތުރު ކުރާނެ ކަމަށެވެ. އަދި ލިބޭ ތަރުހީބަށް ބަލައި އެއަށްވުރެ ދަތުރުތައް އަވަސް ކުރާނެ ކަމަށެވެ.

މާލެއިން އައިޖީއެމްއެޗު ކައރިން ފަށާ ބަސް ދަތުރުތައް ހުޅުމާލޭ ރެޑްވޭވް، އަސުރުމާ މަގާއި ސެންޓްރޯ މޯލް ކައިރީގައި ހުންނަ ބަސް ސްޓޮޕު ތަކަށް މަޑު ކުރާނެ އެވެ. މިދިޔަ މަހު އެމްޕީއެލްއިން ވަނީ މާލޭ ކާނިވާ ސަރަހައްދުންވެސް ހުޅުމާލެއަށް ބަސް ދަތުރުތައް ފަށާފައިއެވެ.

އެ ރޫޓްގައި މާލެއިން ކާނިވާ ސަރަހައްދާއި ހެންވޭރު ވޮލީ ކޯޓުގައި ކައިރީ ހަދާފައިވާ ބަސް ސްޓޮޕަށް ބަސް މަޑުކުރާނެ އެވެ. އެމްޕީއެލްގެ ބަސް ދަތުރުތައް މީގެ ކުރިން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް