ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުގެ ރައީސާއަކަށް، ގދ. ފަރެސްމާތޮޑާ ބަގީޗާގެ ފަރީޝާ އަބްދުﷲ ހަމަޖައްސަވައިފި އެވެ.
މި ކޮމިޝަން އުފެއްދެވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން 2018 ވަނަ އަހަރު އުފެއްދި ކޮމިޝަނެކެވެ. ފަރީޝާ މިހާތަނަށް ހުންނެވީ އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އެވެ.
މިއަދު ގެޒެޓުކޮށްފައިވާ ގޮތުގައި ފަރީޝާ އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ ރައީސް ސޯލިހުގެ ގަރާރަކުންނެވެ. މި ގަރާރަކީ2018 ވަނަ އަހަރު މަރުކޮމިޝަނު އުފައްދަން ނެރުއްވި ގަރާރަށް ގެނައި އިސްލާހެކެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވީ މަރުކޮމިޝަނުން ބަލަންޖެހޭ ކަންތައް ކަމަށް އާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ އަދި ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނާ މަތިކުރައްވާ ކަމަށެވެ.
އަދި އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އަޅަންޖެހޭ ހުރިހާފިޔަވަޅުތައް އެޅުމަށާއި ޖިނާއީ މައްސަލަތައް ތަހުގީުކުރާ އިދާރާއަކަށް ލިބޭ ހިުރިހާ ބާރެއް ލިބޭ ކޮމިޝަނެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް