ތިން ދުވަސް ތެރޭގައި 1،500 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި

ކޯވިޑް-19 ވެކްސިން ދޭން ފެށިތާ ތިން ދުވަސް ތެރޭގައި 1،500 މީހުންނަށް ވެކްސިން ދީފި އެވެ. އެޗްޕީއޭއިން ބުނީ މިހާތަނަށް 1،578 މީހުންނަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،309...

03 Feb 2021 | 17:37

ކޯވިޑް-19 ވެކްސިން ދޭން ފެށިތާ ތިން ދުވަސް ތެރޭގައި 1،500 މީހުންނަށް ވެކްސިން ދީފި އެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 1،578 މީހުންނަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވާ ކަމަށެވެ.

އޭގެ ތެރެއިން 1،309 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭ ސިޓީގައި އެވެ. އަތޮޅު ތެރޭގައި 269 މީހަކަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.

މިއަދުގެ މައުލޫމާތަށް ބަލާއިރު މިއަދު އެކަނި 7،42 މީހަކަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 643 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު 99 މީހަކަށް ދީފައިވަނީ އަތޮޅު ތެރޭގައި އެވެ.

އެޗްޕީއޭއިން އިއްޔެ ހާމަކުރިގޮތަށް ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ކޯވިޑް ވެކްސިން ދޭން މިއަދު ފަށާފައެއް ނުވެ އެވެ. އެކަމަކު އަތޮޅު ތެރޭގެ އިތުރު ހޮސްޕިޓަލެއްގައި ވަނީ ކޯވިޑް-19 ވެކްސިން ދޭން ފަށާފައި އެވެ.

ރާއްޖޭގައި މިހާރު ކޯވިޑް-19 ވެކްސިން ދެމުންދަނީ ނުވަ ހޮސްޕިޓަލެއްގައި އެވެ.

އެއީ މާލޭ ސިޓީން، އައިޖީއެމްއެޗު، ހުޅުމަލޭ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދެމުން ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރު އެހެން ހޮސްޕިޓަލެއްގައި އެވެ. އެކަމަކު އިތުރު ހޮސްޕިޓަލްގެ ނަމެއް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް