މާލެއިން 102 މީހުންނާއި އެކު 121 މީހުން މިއަދު ޕޮސިޓިވްވި

އިތުރު 121 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެއިން ކޯވިދް ޖެހިފައިވަނީ 102 މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 15 މީހުންނާއި އަތޮޅު ތެރޭގެ ރަށްތަކުން ހަތަރު މީހުންނެ...

03 Feb 2021 | 17:04

އިތުރު 121 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެއިން ކޯވިދް ޖެހިފައިވަނީ 102 މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 15 މީހުންނާއި އަތޮޅު ތެރޭގެ ރަށްތަކުން ހަތަރު މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،197 ސާމްޕަލެވެ.

މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 1،879 މީހުންނެވެ. އޭގެ ތެރެއިން 178 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކޯވިޑަށް ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 14،337 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަމީހަކު މިއަދު ވަނީ މަރުވެފައި އެވެ. މިއަދު މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ 53 މީހުންނެވެ. އަދި މިހާތަނަށް ބަލިޖެހިފައިވަނީ 16،276 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް