ވިހެއުމުގެ ތެރޭގައި ޒުވާން އަންހެނަކު ނިޔާވެއްޖެ- ދަރިފުޅު ސަލާމަތްވި

ވިހެއުމުގެ ތެރޭގައި މަރުވި ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ ކޮއްކޮ ސަލްމާ ނަސީރު މަރުވި ނަމަވެސް، އޭނާގެ ދަރިފުޅު ސަލާމަތް ކުރެވުނު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭޑީކޭ ހޮސްޕ...

03 Feb 2021 | 16:00

ވިހެއުމުގެ ތެރޭގައި މަރުވި ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ ކޮއްކޮ ސަލްމާ ނަސީރު މަރުވި ނަމަވެސް، އޭނާގެ ދަރިފުޅު ސަލާމަތް ކުރެވުނު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި ސަލްމާ މަރުވީ، ވިހެއުމަށްފަހު ލޭ މަނާ ނުވެގެންނެވެ. އެގޮތުން

ސަލްމާ ވިހެއުމުގެ ކުރިން ސިޒޭރިއަންއަކަށް ދިއުމަށް އާއިލާއިން އެދުނު ނަމަވެސް، ޑޮކްޓަރު އެގޮތަށް ހުއްދަ ނުދިނީ ސިޒޭރިއަން، ހަދަން އުނދަގޫ ވާނެތީ ކަމަށް ބުނެފައިވެއެވެ.

މަރުވިއިރު ސަލްމާގެ އުމުރަކީ 25 އަހަރެވެ. ސަލްމާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ އާސަހަރާ މިސްކިތުގައި މިރޭ 22:00 ގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް