މީހުން ސިންގަލްކޮށް ތިބޭ ސަބަބުތައް މިއޮތީ

ސިންގަލްކޮށް ތިބުމަކީ ބައެއް މީހުން އެކަމަށް ވަރަށް ލޯބިކުރާ ކަމެކެވެ. މި ފަދަ މީހުން އެކަނިވެރިކަމަށް ވަރަށް ލޯބިކުރެއެވެ. އެގޮތުން ސިންގަލްކޮށް މީހުން ތިބޭ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ. 2016 ވަ...

03 Feb 2021 | 15:37

ސިންގަލްކޮށް ތިބުމަކީ ބައެއް މީހުން އެކަމަށް ވަރަށް ލޯބިކުރާ ކަމެކެވެ. މި ފަދަ މީހުން އެކަނިވެރިކަމަށް ވަރަށް ލޯބިކުރެއެވެ. އެގޮތުން ސިންގަލްކޮށް މީހުން ތިބޭ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައި އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ހަދާފައިވާ ރިސާޗަކުން ދައްކާ ގޮތުގައި ސިންގަލްކޮށް ތިބޭ ދުވަސްވީ މީހުންގެ އަދަދު ކައިވެނިކޮށްގެން ތިބި މީހުންގެ އަދަދަށްވުރެން އިތުރެވެ.

އެގޮތުން މި ރިސާޗްގައި ބައިވެރިވި އެކި މީހުން ފާހަގަކޮށްފައިވަނީ އެކި ކަހަލަ ސަބަބުތަކެވެ.

ބައެއް މީހުން ސިންގަލްކޮށް ތިބެނީ ކިޔަވާ ނިމި އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ކަމުގައި ބުނެފައިވާއިރު, އަނެއް ބަޔަކު ފާހަގަކޮށްފައިވަނީ އެމީހުން ސިންގަލްކޮށް ތިބެނީ އެއްވެސް ސަބަބަކާހެދީ ނޫންކަމުގައެވެ. އެމީހުން ބުނެފައިވަނީ އަދި އެންމެ ރަނގަޅު ބައިވެރިޔާއާ ދިމާނުވާތީ ސިންގަލްކޮށް ތިބެނީ ކަމުގައެވެ.

ބައިވެރީންގެ ތެރެއިން ގިނަ މީހުން ފާހަގަކޮށްފައިވަނީ ކައިވެނިކޮށްގެން މީހުންނަށް އުފާވެރި ދިރިއުޅުމެއް ނުލިބޭ ކަމުގައެވެ. އެހެން ނަމަވެސް ސްޓްރެސްވުމާއި އުފާވެރިކަން ގެއްލެނީކަމުގައެވެ.

އެހެން ނަމަވެސް ބައެއް ބައިވެރީން ފާހަގަކޮށްފައިވާ ގޮތުގައި ކައިވެނިކުރުމުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭކަމަށެވެ. އެހެން ނަމަވެސް ދިމާވާ ކަންތައްތަކެއްގެ ސަބަބުން ވަކިވާން ޖެހެނީ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް