ތުންފަތް މަޑުކޮށް ބެހެއްޓުމަށް މިހެން ހަދާ

ތުންފަތް ހަރުވެ ނުވަތަ މާ ބޮޑަށް ކަޅުކުލަ އަރަން ދިމާވަނީ ދިރިއުޅުމުގައި ކަންތައްތައް ބެހެއްޓޭ ގޮތަކުން ކަމުގައިވެސް ވެދާނެއެވެ. އެގޮތުން މަޑުމަޑު ރީތި ތުންފަތެއް ލިބުމަށް އެޑެނަމަ މިހެން ހަދާށެވެ. އަ...

03 Feb 2021 | 15:12

ތުންފަތް ހަރުވެ ނުވަތަ މާ ބޮޑަށް ކަޅުކުލަ އަރަން ދިމާވަނީ ދިރިއުޅުމުގައި ކަންތައްތައް ބެހެއްޓޭ ގޮތަކުން ކަމުގައިވެސް ވެދާނެއެވެ. އެގޮތުން މަޑުމަޑު ރީތި ތުންފަތެއް ލިބުމަށް އެޑެނަމަ މިހެން ހަދާށެވެ.

އަންނާރު ދިޔައާއި ކިރު

އަންނާރުގައި ހިމެނޭ މާއްދާތަކެއްގެ ސަބަބުން ތުންފަތް ކަޅުވުމުން ދުރުކޮށްދީ ތުންފަތުގެ ހަންގަނޑަށް މަޑުކަން ގެނެސްދޭން މަސައްކަތް ކުރެއެވެ. އެގޮތުން އަންނާރު އޮށްކޮޅު ނެގުމަށްފަހުގައި އޭގެ ދިޔަފެލާ ކިރާ އެއްކޮށް ތުންފަތުގައި ހާކާލާށެވެ. އަދި މަދުވެގެން 15 މިނިޓު ބަހައްޓާށެވެ. އެއަށްފަހު ފިނިފެނުން ދޮވެލާށެވެ.

ލިނބޯ އަދި އާމަންޑް އޮއިލް

ލިނބޯއަކީ ހަންގަނޑު އަލިކުރުމަށް ވަރަށް މަޝްހޫރު ބާވަތެކެވެ. އެގޮތުން ލިނބޯ ދިޔަކޮޅެއް ފެލުމަށް ފަހު އާމަންޑް އޮއިލް ކޮޅަކާ އެއްކޮށް ތުންފަތް މަޑުމަޑުން މަސާޖުކޮށްލާށެވެ. ތުންފަތް އަލިވެ ތުންފަތަށް މަޑުކަން ގެނެސްދޭނެއެވެ.

ލިނބޯ އަދި ހަކުރު

ލިނބޯއެއް ފަޅާލުމަށް ފަހު އޭގެ މައްޗަށް ހަކުރުކޮޅެއް ބުރުވާލާށެވެ. ލިނބޯއަކީ އޭގެ ޒާތުގައި އެސިޑިކް އެއްޗެއް ކަމުން ހަކުރާ އެއްކޮށް ބޭނުންކުރުމުން ހުރިހާ ހަންގަނޑަކާވެސް ގުޅޭނެއެވެ. އަދި ތުންފަތް މަޑުކޮށް ކުލަ އަލިކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް