ކޯވިޑް ޖެހިގެން އިތުރު މަރެއް، ޖުމްލަ 53 އަށް

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްއީއޯސީން ބުނީ މޮއަދު މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ހަވީރު 3:42 ގައި އެވެ. މަރުވި އިރު ފަރުވާ ދެމުން ދިޔައ...

03 Feb 2021 | 13:01

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ މޮއަދު މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ހަވީރު 3:42 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 53 ވަނަ މީހާ އެވެ.

އަދި މިއީ މި ބަލީގައި މި ހަފްތާގެ ތެރޭގައި މަރުވި ދެވަނަ މީހާ އެވެ. މިދިޔަ އާދިއްތަ ދުވަހު މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި މިހާރު ކޯވިޑަށް ފަރުވާ ދެމުންދާ 1،833 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 186 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 14،263 މީހުން ވަނީ ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 16،155 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް