ނިރުބަވެރިއެއްކަމަށް ތުހުމަތު ކުރާ އަމީން ގޭބަންދަށް ބަދަލުކޮށްފި

ޏ. ފުވައްމުލައް / މާދަޑު-ކަރިއްޔާވިލާ، މުހައްމަދު އަމީން ބަންދުގައި ބެހެއްޓުމަށްފަހު ގޭބަންދަށް ބަދަލު ކޮށްފިއެވެ. ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނ...

03 Feb 2021 | 12:39

ޏ. ފުވައްމުލައް / މާދަޑު-ކަރިއްޔާވިލާ، މުހައްމަދު އަމީން ބަންދުގައި ބެހެއްޓުމަށްފަހު ގޭބަންދަށް ބަދަލު ކޮށްފިއެވެ.

ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތު ކުރެވޭ އަމީން ގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ.

އަމީންގެ ދިފާއީ ވަކީލް ވިދާޅުވި ގޮތުގައ އަމީންގެ ބަލިހާލަތު ގޯސްވަމުންދާއިރު އޭނާއަށް އެކަށީގެންވާ ވަރަށް ކަރެކްޝަންސްއިން ބޭސްފަރުވާ ކޮށްފައެއް ނުވާއިރު، އަމީން އަކީ ރާއްޖެ ބަލި ހުންނަ މީހެއްކަން އޭނާގެ ވަކީލު ފާހަގަކުރެއްވިއެވެ.

އަމީން ގޭބަންދުގައި ބަހައްޓައިގެންވެސް ފަރުވާ ދެވޭނެ ގޮތަށް އެއް މަސް ދުވަހަށް ދޫކޮށްލުމަށް އޭނާގެ ވަކީލު އެދިފައެވެ.

ނަމަވެސް ދައުލަތުން ވަނީ އަމީނަށް ޖަލުގައި އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވޭ ކަމަށް ގަބޫލު ކުރެވޭ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކަރެކްޝަނުން ވެސް ވަނީ ގައިދީއަށް ބޭސްފަރުވާ ދެމުން ގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ޖަމާއަތުގެ އިސް ލީޑަރެވެ. އެކަމަށް ބާރުދޭ ހެކިވެސް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށް މިއަދު ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު ވަނީ އަމީން ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފައެވެ.

އޭނާ ގޭބަންދަށް ދޫކޮށްފައި ވަނީ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، ތުހުމަތު ކުރެވޭ ޒާތުގެ އެހެން ކުށެއް ނުވަތަ އެ ނޫން އެއްވެސް ކުށެއް ނުކުރުމަށް ޝަރުތު ކުރުމަށް ފަހުއެވެ.

ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ޖަމާއަތުގެ އިސް ލީޑަރެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރަން އުޅުމުން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް