ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓެއް އުޅޭތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓެއް އުޅޭތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށާފައި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ސ. ގަމުގެ ދެކުނުން15 ނޯޓިކަލް މޭލް ބޭރުގައި، ބޭރުގެ މަސ...

03 Feb 2021 | 12:24

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓެއް އުޅޭތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށާފައި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ސ. ގަމުގެ ދެކުނުން15 ނޯޓިކަލް މޭލް ބޭރުގައި، ބޭރުގެ މަސްބޯޓެއް ހަރަކާތްތެރި ވާ ކަމުގެ މައުލޫމާތު އެމްއެންޑިއެފް އަށް ލިބިފައި ވަނީ މިއަދު14:27 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި މަސްދޯނީގެ މައުލޫމާތު އެމްއެންޑީއެފް އަށ ދިނީ އެ ސަގަހައްދުގައި މަސްވެރިކަން ކުރަން އުޅުނު "ރަސްކުރި" ނަމަކަށް ކިޔާ ސ. މަރޮށީ ދޯންޏަކުންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ "ކާމިޔާބު" ހަރަކާތްތެރި ވަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިހާރު މި ބޯޓް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮތް އިރު، މި ބޯޓާބެހޭ މައުލޫމާތު ދިވެހި ކޯސްޓްގާޑުން ދަނީ ނަގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް