ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ފުޅާކޮށް ފެތުރެން މެދުވެރިވީ ޖަލުން ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މާފުށި ޖަލުގައި މިއަދު ހުޅުވި "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" އާއި ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ވިދާޅުވެފައިވަނި ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ފުޅާކޮށް ފެތުރެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހަރުކަށި ފިކުރާ ގުޅުންހުރި މައްސަލަތަކުގައި ޖަލުގައި ބަންދުކުރެވޭ މީހުންނާ އެހެން ގައިދީންނާ މަސްހުނިވި ޖަލުތަކުގައި އެ ފިކުރު ފެތުރުން ކަމަށެވެ.
މިއަދު ހުޅުވުނު އެސްއެމްޔޫ އާއެކު ހަރުކަށި ފިކުރަށް ނިސްބަތްވާ ގައިދީން އެހެން ގައިދީންނާ ވަކި ކުރެވި ރިހެބިލިޓޭޓް ކުރުމަށް މަގުފަހިވާނެ ކަމަށާއި މީ ހަރުކަށި ފިކުރުގެ ނުރައްކަލުން ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
https://twitter.com/ShimranAb/status/1356903445618335749
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް