އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ

އުުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ. އުރީދޫއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން އެ ކުންފ...

03 Feb 2021 | 11:28

އުުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭޭނީވެސް އެ މުއްދަތުގައި ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ.

އުރީދޫއިން ބުނީ އަހަރީ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރާނެކަމަށެވެ.

މި ޖަލްސާގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހާނެ އަދަދާއި އަހަރީ ރިޕޯޓު ފާސްކުރާނެ އެވެ.

އަހަރީ ޖަލްސާ ބާއްވާނެ ތާރީހާއި ތަނާއި ވަގުތުގެ އިތުރުން ވޯޓުލުން ކުރިޔަށް ގެންދާނެ ގޮތް އާންމު ކުރާނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް