ޓޫރިޒަމް ދާއިރާގައި މާދަމާ ވެކްސިން ދޭން ފަށާނެ، ފުރަތަމަ 10،000 މުވައްޒަފުންނަށް

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް މާދަމާ ފަށަން ނިންމައިފި އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމ...

03 Feb 2021 | 11:08

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް މާދަމާ ފަށަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ ޓޫރިޒަމް ދާއިރާގައި ފޮރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާދަމާ ފަށާ ޕްރޮގްރާމްގެ ދަށުން އެ ދާއިރާގައި މަސައްކަތް ކުރާ 10،000 މުވައްޒަފުންނަށް ފުރަތަމަ ބެޗުގައި ވެކްސިން ދެވޭނެ ކަމަށެވެ.

ޑރ. މައުސޫމް ވަނީ ވީހާވެސް އަވަހަކަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ޖެހޭނެ ގޮތް ހަމަޖައްސައި ދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކުރައްވާފައި އެވެ. ޑރ. މައުސޫމް ވިދާޅުވީ އަބަދުވެސް ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން ކޯވިޑް-19 ވެކްސިން ޖެހުމަށް ބޭނުންވާ މުވައްޒަފުން އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީގައި ރެޖިސްޓްރީވުމަށް ހުޅުވާލާފައި އެވެ. ރެޖިސްޓްރީވުމުގެ ފުރުސަތު ހޮޓާތަކާއި، ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮންނާނެ އެވެ.

މިކަމަށް މުވައްޒަފުން އެދެން ޖެހެނީ ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށް ފޮނުވަން ޓޫރިޒަމް މިނިސްޓްރީން އެދިފައިވެ އެވެ.

އެ އީމެއިލްގައި މީހާގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ އެވެ.

ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ޓޫރިސްޓުންނާއި އެންމެ ގިނައިން ބައްދަލުވެ މުއާމަލާތް ކުރަން ޖެހޭ މުވައްޒަފުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް