ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 11 ވަނަ ފަހަރަށް އިތުރުކޮށްފި

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. މިއީ މި ހާލަތުގެ މުއްދަތު ދިގު ދަންމާލި 11ވަނަ ފަހަރެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލ...

03 Feb 2021 | 11:00

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިއީ މި ހާލަތުގެ މުއްދަތު ދިގު ދަންމާލި 11ވަނަ ފަހަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހުގެ ނިޔަލަށް ދިގުދަންމާލާފައިވާއިރު، ކޮވިޑުގެ ތިންވަނަ ރާޅަކާއި ގައުމު މިވަނީ ކުރިމަތިލާން ޖެހިފައެވެ.

ކޮވިޑުގެ އެންމެ ފަހުގެ ހާލަތު ބަޔާންކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވެފައިވަނީ ރާއްޖެއިން ކޮވިޑުގެ އިތުރު ވޭރިއެންޓްސްތައްވެސް މިހާރު ފެނިފައިވާކަމަށާއި ކުރިން ކޮވިޑަށް ޕޮޒިޓިވް ވާ މީހެއްގެ ގައިން އެވްރެޖްކޮށް ކޮވިޑް ޖެހެމުންދިޔައީ އެވްރެޖްކޮށް ތިން މީހަކަށް ކަމަށެވެ. ނަމަވެސް އާ ވޭރިއަންޓް ތަކާއެކު މީހެއްގެ ފަރާތުން ޖުމްލަކޮށް ފަސް މީހަކަށް ކޮވިޑު ޖައްސާކަމުގައި ޑރ ވިދާޅުވިއެވެ.

ތިންވަނަ ރާޅާއެކު، ފިޔަވަޅުތައްވެސް މިވަނީ ވަރުގަދަކޮށްފައެވެ. ކާފިއު ވަގުތު މިވަނީ އިތުރުކޮށްފައެވެ. ވެހިކަލް ނުދުއްވޭ ވަގުތުވެސް މިވަނީ އިތުރުކޮށްފައެވެ. އަލަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ދެ ހަފްތާގެ ތެރޭގައި އެދެވޭ ނަތީޖާއެއް ނެރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަމުގައި އެޗްއީއޯސީން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް