މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ހިންގުން އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަހުމަދު ސާލިމް އާ ހަވާލުކޮށްފިއެވެ. އެ ކުންފުނީގެ ބޯޑުންެ ނިންމާފައި ވަނީ، 2 ފެބްރުއަރީ އިން ފެށިގެން، އެ ކުންފުނީގެ ބޯޑުން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ހުންނާނީ ސާލިމް ކަމަށެވެ.
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ވަގުތީ ގޮތުން ހިންގުން ސާލިމްއާ ހަވާލު ކޮށްފައި ވާކަން، ސާލިމް ވަނީ 'ދުވަސް' އަށް ކަށަވަރު ކޮށްދީފައެވެ.
މޯލްޑިވް ގޭސް ހިންގުން ސާލިމްއާ ހަވާލު ކޮށްފައި ވަނީ، ކުރީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ/ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މަސައްކަތައް ނުކުތުން 14 ދުވަހުގެ މުއްދަތަށް ހުއްޓުވުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައި ވާތީއެވެ.
މޯލްޑިވް ގޭސްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ/ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަލީ އިކްރާމް މަސައްކަތަށް ނުނިކުމެ މަޑުކުރަން އެ ކުންފުނިން އަންގާފައި މިވަނީ، ކުންފުނީގެ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް، އެ ކުންފުނީގެ ސަރކިއުލަރ މެމޯގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް