އިންޑިއާގެ ތަމިލްނާޑޫއަށް ނިސްބަތްވާ ދެ ލޯބިވެރިއެއްގެ ކައިވެނީގެ ހަފްލާ އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފިއެވެ.
ވ ޗިންނަދުރާއީ އާއި ސ ސްވޭތާ ނަމަކަށްކިޔާ މި ދެ ލޯބިވެރިންގެ ދާއިރާއަކީ ސޮފްޓްވެއަރ އިންޖިނިއަރިންނެވެ. ނަމަވެސް ދެމީހުންގެ ކައިވެނީގެ ހަފްލާ ކަނޑު އަޑީގައި ބާއްވަން ނިންމީ ތަފާތު ގޮތަކަށް ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ބޭނުންވާތީ ކަމަށް ބުނެފައިވެއެވެ.
މިހާރު ދެމަފިރިންގެ ގޮތުގައި ތިބި މި ދެމީހުންގެ ތެރެއިން ފިރިހެން މީހާއަކީ ސްކޫބާ ޑައިވިން ލައިސަންސް އޮންނަ މީހެކެވެ. އަންހެން މީހާ އަންނަނީ ސްކޫބާ ޑައިވިން ދަސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް