މިހާރު އެޗްޕީއޭއިން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ، ކާބޯތަކެތީގެ ހިދުމަތް ދޭ ތަބްތަނުގައި ޝީޝާ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޯވިޑް-19 ކޭސްތައް އިތުރުވާތީ އެޅި ފިޔަވަޅުތަކާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބަހައްޓާ ގަޑިއަށް ބަދަލު ގެނެސްފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 ން ރޭގަނޑު 10:30 އަށް ކަމަށެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކުގައި އެޗްޕީއޭގެ ގަވައިދަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެންމެ ފަހުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ދެވޭ ގަޑިއަށް ބަދަލު ގެނައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ހުއްދަ ދީފައި އޮތީ ފަތިހު 4:30 ރޭގަނޑު 11:30 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް