އެމެރިކާގެ މަޝްހޫރު ތަރި ނިކް ޖޯނަސް އާއި ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދެމަފިރިން ދަރިއަކު ހޯދުމާއި މެދު ގެންގުޅޭ ހިޔާލު ވަރަށް ތަފާތެވެ.
ދެ ތަރިން ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ހިންދޫ ދީނާއި ކްރިސްޓިއަން ދީނުގެ ކައިވެނި ހަފްލާތަކާއި އެއްގޮތަށް ދެ ހަފްލާ ވަކިން ބާއްވައިގެންނެވެ. ހިންދޫ ދީނުގެ ކައިވެނި ހަފްލާ އިންޑިއާގައި ބޭއްވި އިރު ކްރިސްޓިއަން ދީނުގެ ކައިވެނި ހަފްލާ ބޭއްވީ އެމެރިކާގައި އެވެ.
ކައިވެންޏަށް ތިން އަހަރު މިއަހަރު ފުރޭއިރު ދެމަފިރިންގެ އާއިލާ ބޮޑުކޮށް ދަރިން ހޯދުމާއި މެދު ގެންގުޅޭ ގޮތާއި ގުޅޭގޮތުން މިހާތަނަށް ނިކް އާއި ޕްރިޔަންކާ ވާހަކަ ދައްކާފައެއް ނުވެ އެވެ. އަބަދުވެސް ދެމީހުން ފާހަގަވެގެން ގޮސްފައިވަނީ އެކަކު އަނެކަކަށް ތައުރީފުކޮށް ލޯބި އިތުރުވާ ކަމުގެ މެސެޖުތައް އިންސްޓަގްރާމާއި ޓުވިޓާ މެދުވެރިކޮށް ދޭ ދެމަފިރިންގެ ގޮތުގައި އެވެ.
އެހެންވެ މި ދެ ތަރިން ދަރިއަކު ހޯދުމާއި މެދު ގެންގުޅޭ ހިޔާލު ހޯދުމަކީ ވަރަށް ބަލަން ބޭނުންވާ ކަމެކެވެ. މިކަމާއި ގުޅޭގޮތުން ނިކް އާއި ސުވާލު ކުރުމުން ބުނީ ދަރިއަކު ހޯދަން ވަކި ޕްލޭނެއް ނުކުރާ ކަމަށެވެ.
ނިކް ބުނީ ގުދުރަތުން ދަރިއަކު ލިބެން ވީމަ ލިބޭޭނެ ކަމަށެވެ. އެކަމަކު ދެމީހުން ގިނަ ދަރިންތަކެއް ހޯދައިގެން އުޅޭތަނަކީ މުސްތަގުބަލުގައި ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.
ނިކް ބުނީ މިހާރު ޕްރިޔަންކާ ބަނޑުބޮޑު ވިޔަސް އަދި އަވަސް މުސްތަގުބަލެއްގައި ދަރިއަކު ނުލިބުނަސް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ދަރިއަކު ހޯދަން ވަކި އަހަރެއް ކަނޑައަޅައިގެން މަސައްކަތް ނުުރާ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް