ކޯވިޑް ވެކްސިނުގެ އެންމެ ޑޯޒަކުންވެސް 67 އިންސައްތައަށް ބަލިފެތުރުން ހުއްޓުވޭ

އޮކްސްފޯޑް ނުވަތަ އެސްޓްރަޒެނިކާ ވެކްސިންގެ އެންމެ ޑޯޒަކުންވެސް ކޯވިޑް ބަލި ފެތުރުން 67 އިންސައްތައަށް ދަށަށް ދާ ކަމުގައި އެންމެ ފަހުގެ ވެކްސިން ދިރާސާތަކުން ދައްކައިފިއެވެ. އެގޮތުން ފުރަތަމަ ޝޮޓް ޖަހ...

03 Feb 2021 | 05:35

އޮކްސްފޯޑް ނުވަތަ އެސްޓްރަޒެނިކާ ވެކްސިންގެ އެންމެ ޑޯޒަކުންވެސް ކޯވިޑް ބަލި ފެތުރުން 67 އިންސައްތައަށް ދަށަށް ދާ ކަމުގައި އެންމެ ފަހުގެ ވެކްސިން ދިރާސާތަކުން ދައްކައިފިއެވެ.

އެގޮތުން ފުރަތަމަ ޝޮޓް ޖަހާތާ 3 ހަފުތާގެ ފަހުން 90 ދުވަސް ވަންދެން, އެވަރެޖް ގޮތެއްގައި 76 އިންސައްތައަށް ބަލިން ރައްކާތެރިކަން ކަށަވަރު ވުމާއެކު, 67 އިންސައްތައަށް ބަލި ފެތުރުން މަދުކޮށްދޭ ކަމުގައި ޔޫކޭގެ މި ދިރާސާތަކުން ވަނީ ދައްކާފައެވެ.

ކޯވިޑް ވެކްސިނުގެ 2 ޑޯޒު ޖަހަން ޖެހޭއިރުގައި 2 ވަނަ ޑޯޒު ޖެހުން ލަސްކޮށްލުން ރަނގަޅު ކަމުގައިވެސް ޖޮއިންޓް ކޮމިޓީ އޮފް ވެކްސިނޭޝަން އެންޑް އިމިޔުނިޒޭޝަން (ޖޭ.ސީ.ވީ.އައި) އިން ވަނީ ނިމުނު އަހަރުގެ ޑިސެމްބަރ މަހުގައި ލަފާދީފައެވެ.

އެގޮތުން ޔޫކޭ, ބްރެޒިލް އަދި ސައުތް އެފްރިކާގައި ނިމުނު އަހަރުގެ ޑިސެމްބަރ މަހުގެ 7 ށް, ކޯވިޑް ގެ ވެކްސިނާ ގުޅޭގޮތުން ހެދުނު ރިސާޗް ތަކުންވެސް ދެވަނަ ޑޯޒު ލަސްކުރުމުން ލިބޭ ފައިދާ ގިނަވާނެ ކަމުގައި ވަނީ ލަފާދީފައެވެ. އެގޮތުން 2 ވަނަ ޑޯޒު 3 މަހަށް ލަސްކޮށްލުމުން ފުރަތަމަ ޑޯޒުން ލިބޭ ކޯވިޑް ބަލިން ރައްކާތެރިވުމުގެ އިންސައްތަ 67 އިންސައްތައިން 82 އިންސައްތައަށް އިރުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް