ކޯވިޑް-19 ކޭސްތައް އިތުރުވާތީ އެޅި ފިޔަވަޅުތަކާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބަހައްޓާ ގަޑިއަށް ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 ން ރޭގަނޑު 10:30 އަށް ކަމަށެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކުގައި އެޗްޕީއޭގެ ގަވައިދަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެންމެ ފަހުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ދެވޭ ގަޑިއަށް ބަދަލު ގެނައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ހުއްދަ ދީފައި އޮތީ ފަތިހު 4:30 ރޭގަނޑު 11:30 އަށެވެ.ި
ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ދެވޭ ގަޑިއަށް ބަދަލު ގެނައި އިރު މިއަދުން ފެށިގެން އަނެއްކާވެސް މާލޭ ސިޓީގައި ކާފިއު ހިންގަން ފަށާނެ އެވެ.
އެގޮތުން ރޭގަނޑު 8:30 ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި އަދި ރޭގަނޑު 12:00 ފަތިހު 4:30 އަށް އާންމު ތަންތަން މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް