2021 ފެބްރުއަރީ މަސް ވަރަށް ތަފާތެވެ. ހަފްތާގެ ކޮންމެ ދުވަހެއް 4 ފަހަރު އާދެއެވެ.
ހުކުރު-4
ހޮނިހިރު-4
އާދީއްތަ-4
ހޯމަ-4
އަންގާރަ-4
ބުދަ-4
ބުރާސްފަތި-4
މިގޮތަށް ދިމާވާ ކަމަށްވަނީ ކޮންމެ 823 އަހަރަކުން އެއްފަހަރުއެވެ. سبحان الله.
ފެބްރުއަރީ މަހު ފާހަގަ ކުރާ ޚާއްސަ 4 ދުވަހެއް އާދެއެވެ. މިގޮތުން އެންމެ ފުރަތަމަ އަންނަނީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަހެވެ. އެއީ ފެބްރުއަރީ 4 ވަނަ ދުވަހެވެ.
ފެބްރުއަރީ20، ދުނިޔޭގެ އިޖުތިމާޢީ ޢަދާލަތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހަކީ ފެބްރުއަރީ 21 ވަނަ ދުވަހެވެ. އަދި ފުރަބަދުރުވަ ނަކަތުގެ 1 ވަނަ ދުވަސް ކަމުގައިވާ ފެބްރުއަރީ 27 ވަނަ ދުވަހަކީ ޤައުމީތާރީޚުގެ ދުވަހެވެ.
އަހަރުގެ އެހެން މަސްމަހާ ޚިލާފަށް ފެބްރުއަރީ މަސް ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، ފެބްރުއަރީ މަހުގައި އަންނަނީ 28 ދުވަސް ކަމުގައި ވާތީއެވެ. ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު 29 ދުވަސް ވެސް އާދެއެވެ. މީލާދީގޮތުން ފެބްރުއަރީ ނޫން އެހެން ހުރިހާ މަހެއްގައިވެސް އަންނާނީ 30 ނުވަތަ 31 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް