މާލޭގެ ޕާކުތަކުގެ ތެރެއިން ކަސްރަތު ކުރުމަށް ހާއްސަ ކޮށްފައިވަނީ ލޮނު ޒިޔާރަތް ޕާކު އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިގޮތަށް ނިންމީ މިއަދުން ފެށިގެން ދެ ހަފްތާއަށް މާލޭގެ ޕާކުތަކާއި މައިޒާންތަކަށް އާންމުން ގޮސް އުޅުން މަނާކޮށް ހަމައެކަނި ކަސްރަތު ކުރާ މީހުންނަށް އެކަނިދެވޭ ގޮތަށް ހެދުމަށް އެޗްޕީއޭއިން އެންގުމުންނެވެ. މިގޮތަށް ނިންމީ މާލޭގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ކަސްރަތު ކުރާ ފަރާތްތަކަށް ލޮނު ޒިޔާރަތް ޕާކަށް ވަދެވޭނީ ކޮންމެ ދުވަހަކު ފަތިހު 5:30 ން ހެނދުނު 7:30 އަށް ކަމަށެވެ. އަދި ކަސްރތަތު ކުރަން ދާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ކުރަން ވާނެ ކަމަށް ބުނެ އެވެ.
އެ ކައުންސިލުން ބުނީ މިއަދުން ފެށިގެން ދެ ހަފްތާ ވަންދެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ މައިޒާން ތަކާއި ޕާކުތަކެއް ބަންދު ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް