އެވެނި މިވެނިކަމެއް ކޮށްދީފިއްޔާ ސަބްމެރިން ނުވަތަ ސައި ދޭނަމޭ ބުނެފިއްޔާ އެ ވާނީ ފުއްދަންޖެހޭ ދަރަންޏަކަށް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސުވާލުގައި މީހުން އަހާފައިވަނީ މިހެން އުޅޭއިރު ރައްޓެހިން ކައިރީ، އެވެނިކަމެއް ކޮށްދީފިއްޔާ ސަބްމެރިން ނޫނީ ސައި ދޭނަމޭ ބުނާކަމަށެވެ. އެހެން ކިޔާފައި އެކަމެއް ކުރުވާފަ ފަހުން އެ ދޭން ބުނި އެތި ނުދިނީމަ ވާނީ ކޮންކަހަލަ ކަމަކަށްތޯ؟ އާއި އެ ދަރަންޏަކަށް ވާނެތޯ؟ އަދި އެ ދޭން ބުނި މީހާ ޖެހޭނެތޯ އެ ދޭން؟ އަހާފައިވެއެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ އެއީ ވައުދެއް ކަމަށެވެ. ވައުދު ފުއްދަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދަރަންޏެއް ކަމަށާއި އެ ދަރަނި އަދާކުރަން ޖެހޭނެ ކަމުގައިވެސް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް