ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންސް ތަކުގައި ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ. އެގޮތުން ވެމްކޯގެ ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން ރޭގަނޑު ...

03 Feb 2021 | 04:30

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންސް ތަކުގައި ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.

އެގޮތުން ވެމްކޯގެ ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން ރޭގަނޑު 20:00 އަށް ކަމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ވެމްކޯގެ ވޭސްޓްް ޓްރާންސްފަރ ސްޓޭޝަންތަކުގެ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެގޮތުން ހުކުރު ދުވަސް ނޫން އެހެން ހުރިހާ ދުވަހެއްގައި ތިލަފުށީ ސައިޓުން ހިދުމަތްދޭނީ ހެނދުނު 8:30 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހިދުމަތްދޭނީ ހެނދުނު 8:30 އިން 11:00 އަށް އަދި މެންދުރުފަހު 14:20 އިން ރޭގަނޑު 20:00 އަށެވެ.

ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސައިޓުން ހިދުމަތްދޭނީ ހެނދުނު 8:00 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހިދުމަތްދޭނީ ހެނދުނު 8:00 އިން 11:00 އަށް އަދި މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ.

މިއަދުން ފެށިގެން ހިންގަން ހަމަޖެހިފައިވާ ކާފިއުގެ ސަބަބުން، ގޭބިސީތަކުން ކުނި ނެރޭ ގަޑިތަކަށްވެސް ބަދަލު އަންނާނެކަމަށް ވެމްކޯއިން 'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ. ނަމަވެސް ގަޑިތަކަށް ގެންނާނެ ބަދަލާމެދު މިހާރު މަޝޤވަރާ ކުރަމުން ދާތީ، މިއަދުގެ ވަގުތެއްގައި އެ ބަދަކު ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް