ކުޑަހުވަދޫ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

ދ. ކުޑަހުވަދޫއަށް ރޭގައި ކުރި ވިއްސާރައާ ގުޅިގެން އެރަށު ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ހަކަރާތްތެރި ވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ، ކުޑަހުވަދޫ ފެ...

03 Feb 2021 | 03:42

ދ. ކުޑަހުވަދޫއަށް ރޭގައި ކުރި ވިއްސާރައާ ގުޅިގެން އެރަށު ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ހަކަރާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ކުޑަހުވަދޫ ފެން ބޮޑުވި ސަރަހައްދުތަކުގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓް ގެ ސިފައިން ކުރަމުން ދާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުގަދަވާނެ ކަމަށެވެ. އެގޮތުން އެ ސަރހަހައްދުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި4-7 ފޫޓު ހުންނާނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން، ދިޔަވަރުބޮޑު ގަޑިތަކުގައި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް އިއްޔެ މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް