ލާމު ލިންކް ރޯޑުގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފި

ލ. ލިންކް ރޯޑުގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފިއެވެ. މި ދެ އެކްސިޑެންޓަކީވެސް މިއަދު ހިނގި ދެ އެކްސިޑެންޓެވެ. މީގެ ތެރެއިން ފުރަތަމަ ހިނގި އެކްސިޑެންޓަކީ ގަމު ސަރަހައްދުގައި ހިނގި އެކްސިޑެން...

02 Dec 2020 | 11:59

ލ. ލިންކް ރޯޑުގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފިއެވެ. މި ދެ އެކްސިޑެންޓަކީވެސް މިއަދު ހިނގި ދެ އެކްސިޑެންޓެވެ.

މީގެ ތެރެއިން ފުރަތަމަ ހިނގި އެކްސިޑެންޓަކީ ގަމު ސަރަހައްދުގައި ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 12:30 ކަންހާއިރުއެވެ. މި އެކުސިޑެންޓު ހިނގީ ލ.ގަމު ބޮޑުމަގުން ދުއްވާފައި ދިޔަ ތެޔޮ ބައުޒަރެއް ޔޫޓާން އެއް ނެގުމަށްޓަކައި އަނބުރާލި ވަގުތު ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބައުޒަރުގައި ޖެހިގެންނެވެ.

މަންޒަރު ދުއް މީހަކު މައުލޫމާތު ދިން ގޮތުގައ މި  އެކުސިޑެންޓްވި ސައިކަލުގައި އިން މީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އެކްސިޑެންޓްވި މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެން ދިޔައިރު، އެމީހާ އޮތީ ހޭނެތިފައިކަމަަށް ވެސް މަންޒަރު ދުށް ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށްް އިތުރު ފަރުވާ ދިނުމައްޓަކައި މިހާރު މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް