ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއާ ނުލައި މަސައްކަތްތަކަށް ރަށްރަށަށް ނުދެވޭ ގޮތް ހަދައިފި

އަތޮޅުތެރެއަށް ކުރުމުއްދަތަކަށް މަސައްކަތްތަކަށް ދަތުރު ކުރާ ފަރާތްތަކުން72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ. އެޗްޕީއޭއިން މީގެ ކުރިން ހަމަޖަ...

02 Dec 2020 | 11:36

އަތޮޅުތެރެއަށް ކުރުމުއްދަތަކަށް މަސައްކަތްތަކަށް ދަތުރު ކުރާ ފަރާތްތަކުން72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން މީގެ ކުރިން ހަމަޖައްސާފައިވާ ގޮތުން ކަރަންޓީން ވާން ނުޖެހޭގޮތަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި އެކި މަޝްރޫއުތަކުގެ ހިންގުމަށް ފަސް ދުވަހުގެ މުއްދަތަށް ދެވެ އެވެ.

މިއަދު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމުނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓީން ނުވާގޮތަށް މަސައްކަތްތަކުގައި ދާ ފަރާތްތަކުން މާލެއިން ފުރުމުގެ ހުއްދައަށް އެދޭއިރު ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ޓެސްޓަކީ 72 ގަޑީއިރު ނުވާ ޓެސްޓުގެ ނަތީޖާއަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ދަތުރު ކުރާ ފަރާތްތަކުގެ ޕީސީއާރު ޓެސްޓު ހެދުމަށް ހަރަދުކުރަން ޖެހޭނީ ދަތުރު ކުރާފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުންނެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައިވަނީ އަތޮޅުތެރޭގެ ރަށްރަށަށް ކޯވިޑް ފެތުރުން ވީހާވެސް ބޮޑަށް ކޮންޓްރޯލް ކުރުމަށެވެ.

މިގޮތަށް ގައިޑްލައިނަށް ބަދަލު ގެނައި އިރު މިފަހަކުން ސަރުކާރުން އަތޮޅުތެރޭގައި ހިންގާ ގިނަ މަޝްރޫއުތަކާއި ގުޅިގެން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވެރިން ގެންދަވަނީ ރަށްރަށަށް ވަރަށް ގިނައިން ދަތުރު ކުރައްވަމުންނެވެ. އަދި އާންމުންނާއި ވަރަށް ގާތްކޮށް އިޖްތިމާއީ ގައިދުރުކަމެއް ނެތްި ހަފްލާތައް ބާއްވާފައިވާއިރު އާންމުން ދަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

މިފަދަ ދަތުރުތަކާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެގޮތަށް ކުރު ދަތުރުތަކުގައި ކަރަންޓީން ވާން ނުޖެހޭގޮތަށް ގޮސް އުޅޭ ފަރާތްތަކާއި އިޖްތިމާއީ ގައިދުރުކަން ނުބަހައްޓައިގެން އުޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13،000 އަށްުވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް