ހުރިހާ ރަށެއްގައި މާސްކު އަޅަން އަންގައި، ކަރަންޓިންގެ މުއްދަތު ކުރުކޮށްފި

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާންމު ތަންތަނުގައި މާސްކު އަޅަން އިންތިމާސްކޮށް ކަރަންޓީން ވާން ޖެހޭ މުއްދަތު 10 ދުވަހަށް ކުރުކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު...

02 Dec 2020 | 08:29

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާންމު ތަންތަނުގައި މާސްކު އަޅަން އިންތިމާސްކޮށް ކަރަންޓީން ވާން ޖެހޭ މުއްދަތު 10 ދުވަހަށް ކުރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާދާމާއިން ފެށިގެން މީހުން ދިރިއުޅޭ ރަށްތަކާއި އެއާޕޯޓުތަކުގައި އާންމު ތަންތަނުގައި މާސްކު އަޅަން ވާނެ ކަމަށެވެ. އަދި އާންމު ތަންތަނުގައި އުޅޭއިރު އެކަކ އަނެކަކަށް ތިން ފޫޓު ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށެވެ.

އެ އެންގުމުގައި ބުނެފައިވަނީ މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު ބަދަލުކޮށް ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު މި އެންގުމަށް އަމަލު ކުރަން ފަށާނީ މާދަމާ ކަމުން މިހާރު ކަރަންޓީންގައި ތިބި މީހުން14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

10 ދުވަހަށް ފަހު ކަރަންޓީނުން ދޫކޮށްލާނީ ޕީސީއާރު ޓެސްޓުކޮށްފައި އެވެ.

މީގެ އިތުރުން މުހިންމު ބޭނުންތަކަށް އަތޮޅުތެރެއަށް ކުރުމުއްދަތަކަށް ދާ މީހުންނަށް ދެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ހުށަހެޅުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް