ޕްރިޔަންކާއާ ނިކްގެ ކައިވެންޏަށް ދެ އަހަރު، ދިރިއުޅުމުގެ ހުރިހާ އުފަލަކީ ދެމީހުންގެ ލޯބި!

އިނގިރޭސި ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯންސް އާއި ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކައިވެންޏަށް މިއަދު ވަނީ ދެ އަހަރު ފުރިފައި އެވެ. މި ދެމީހުންނަކީ ދެ ދީނުގެ މީހުންނަށް ވާތ...

02 Dec 2020 | 07:37

އިނގިރޭސި ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯންސް އާއި ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކައިވެންޏަށް މިއަދު ވަނީ ދެ އަހަރު ފުރިފައި އެވެ.

މި ދެމީހުންނަކީ ދެ ދީނުގެ މީހުންނަށް ވާތީ ހިންދޫ ދީނާއި ކްރިސްޓިއަން ދީނުގެ އާދަކާދައާއި އެއްގޮތަށް ދެ ކައިވެނި ހަފްލާ ބާއްވާފައިވެ އެވެ.

ކައިވެންޏަށް ދެ އަހަރު ފުރުމާއި ދިމާކޮށް ދެމީހުންގެ ރަސްމީ އިންސްޓްގްރާމް ޕޭޖުގައި ވަނީ ކަވެނީގެ އަހަރ ދުވަސް ފާހަގަކޮށް ހިތުގެ ޝުއޫރުތައް ސަޕޯޓަރުންނާއި ހިއްސާކޮށްފައި އެވެ.

މިވަގުތު މަސައްކަތެއްގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުރި ޕްރިޔަންކާ އިންސްޓަގްރާމްގައި ކައިވެންޏަށް ދެ އަހަރު ފުރިގެން ކޮށްފައިވާ ޕޯސްޓުގައި ވަނީ ދެމީހުން އަތުގަ ހިފައިގެން ހިނގާފައި ދާ ފޮޓޯއެއް ހިއްސާކޮށްފައި އެވެ. އޭގައި ލިޔެފައިވަނީ އެއީ ދިރިއުޅުމުގެ ލޯބި ކަމަށެވެ.

ނިކް ޕޯސްޓުކޮށްފައިވަނީ އެމީހުންގެ ކައިވެނީގެ ހަފްލާގެ ފޮޓޯއެކެވެ. އެ ފޮޓޯ އާއި އެކު އޭނާ ވަނީ ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕްރިޔަންކާއަށް ކިޔާފައި އެވެ.

ނިކް މީގެ ކުރިން އިންސްޓަގްރާމްގައި ޕްރިޔަންކާ އާއި އެކު ނަގާފައިވާ ގިނަ ފޮޓޯތަކުގައި ވަނީ އޭނާގެ އެންމެ ބޮޑު ހިތްހަމަނުޖެހުމާއި އުފާވެރިކަން ގުޅިފައިވަނީ ޕްރިޔަންކާ އާއި އެކުކަމަށް ބުނެފައިވެ އެވެ. އަދި އޭނާ އެންމެ ގަޔާވަނީ ޕްރިޔަންކާ ޖަހާ ހިނިގަނޑު ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް