އައްޑޫ މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ގެ ނަން އިއްވައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުން ނެރެފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ފެއްޓެވި ވަގުތު ޝަރީފު ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ. އެކަމަކު ޝަރީފު ދެއްކެވި ވާހަކަތަކެއް ސާފެއް ނުވެ އެވެ.
ނަން އިއްވައި ތަޅުމުން ބޭރު ކުރުމުގެ ކުރިން ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ޝަރީފަށް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައި އެވެ. ޝަރީފު ތަޅުމުން ނެރުނީ ސާޖެންޓް އެޓް އާމްސްގެ އެހީގައި އެވެ.
ޝަރީފު ތަޅުމުން ނެރުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޝަރީފު ތަޅުމުން ނެރުނީ ދެ މެމްބަރެއްގެ ދެމެދުގައި ޒުވާބު ކުރެއްވުމުން ކަމަށެވެ. ޒުވާބު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި، ޝަރީފާއި ދެ ބޭފުޅުންނެވެ.
ޝަރީފުގެ ނަން އިއްވައި ތަޅުމުން ބޭޭރުކުރެއްވުުމުން ހަލީމް ވެސް އަމިއްލަ އަށް ނުކުމެވަޑައިގެންނެވީ އެވެ. ނަޝީދު ވިދާޅުވީ ޝަރީފްގެ ނަން އެކަނި އިއްވެވީ ފަހަރަކު އިއްވޭނީ އެއް މެމްބަރުގެ ނަން ކަމަށް ވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް