ކޮންމެ މީހަކުވެސް ވަރުބަލިކަން އިހުސާސް ކޮށްލެވޭ އިރަށް އެންމެ ފުރަތަމަ ވެސް ހަނދާން ވާނީ އަރާމުކޮށްލުމަށް ޓަކައި އެނދުގައި ޖައްސާލާށެެވެ. އަރާމުކޮށްލުމަށް ދެވަނައެއް ނުވާ އެންމެ ހިތްހަމަޖެހޭ ތަނަކީ ވެސް އެއީ އެވެ. ނަމަވެސް ކޮންމެ ފަހަރަކު އަރާމުކޮށްލަން އޮށޯންނައިރު، އެނދުގެ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބަލަން ޖެހެއެވެ. ޚާއްސަކޮށް އެނދުގައި އަޅާފައި އޮންނަ ބެޑްޝީޓަށެވެ. އެހެނީ ގައިން ބޭރުވެފައި ހުންނަ ޑެޑް ސެލް އާއި ފަންގަލް އެލެމެންޓްސް ފަދަ ބައިވަރު ޖަރާސީމްތައް ބެޑްޝީޓުގައި ހަރުލާފައި ހުންނާނެ އެވެ.
ނިއުޔޯކް ޔުނިވާސިޓީ މައިކްރޯބައޮލޮޖިސްޓް، ފިލިޕް ޓިއެރޯ ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ދިރިއުޅުމުގެ 3 ބައި އަށްވުރެ ގިނަ ވަގުތުގައި މީހުން ހޭދަކުރަނީ އެނދުގަ ކަމަށެވެ. އަދި އޭގެ ސަބަބުން ބެޑްޝީޓްގައި ބެކްޓީރިއާ އާއި ފަންގަސް ޖަހާލެއް އަވަސް ކަމަށެވެ.
އޭގެ އިތުރުން ބެޑްޝީޓްގައި އުފެދިފައި ހުންނަ ރުލުގެ ތެރެއަށް ބެކްޓީރިއާތައް އެކުވުމުގެ ސަބަބުން ބަލި ޖެހުމަށް މަގުފަހިކޮށްދޭ ކަމަށާއި މަދުވެގެން ހަފްތާއަކު އެއްފަހަރު ބެޑްޝީޓް ދޮންނަން ޖެހޭ ކަމަށް ޓިއެރޯ ބުނެފައި ވެއެވެ.
އިންސާނުންގެ ހަށިގަނޑުގައި ކޮންމެ އަހަރަކު 98 ލީޓަރ ދާ އުފެދެއެވެ. ސައިންޓިސްޓުން ބުނާގޮތުގައި ހޫނު އަދި ވައިގެ ތެއްކަން ހުންނަ މޫސުންތަކުގަ އުފެދެނީ “އައިޑިޔަލް ފަންގަލް ކަލްޗާ މީޑިއަމް” ކަމަށެވެ.
ފަހުގެ ދިރާސާ އަކުން ދައްކާގޮތުގައި 11 އަހަރާއި 20 އަހަރުވެފައިވާ ކަފަ އަދި ނައިލޯން ބާލީހެއްގައި 16 ވައްތަރުގެ ފަންގަސް އުފެދިފައި ހުންނަ ކަމަށެވެ. އެ ފަންގަސްތައް އުުފެދެނީ ހަށިގަނޑުން އަންނަ ދަލުންނާއި ކުޅު، ހަމުގެ ސެލްސް އަދި ޖިންސީ ގުނަވަންތަކުގެ އިތުރުން ގެންގުޅޭ ޖަނަވާރެއްގެ ކެހެރިއާއި ވެލި، ހިރަފުސް ފަދަ ތަކެތި އެނދަށް އެޅުމުގެ ސަބަބުންނެވެ.
ޓައިރޯ ބުނާގޮތުގައި ހަފްތާއަކު އެއްފަހަރު ބެޓްޝީޓް ދޮންނަ ނަމަ އުފެދޭ ބެކްޓީރިޔާތައް މަދުވާނެ ކަމަށެވެ. އަދި އެ މައިކްރޯބީސްތައް އެންމެ ކައިރީ އަނގަޔާއި ނޭފަތާ ކަމަށާއި ގިނަދުވަސް ވެފައި އޮންނަ ބެޑްޝީޓްއެއްގައި އޮތުމުން ކިބިހި އެޅުމާއި ނޭފަތް ހިރުވާކަން ފާހަގަކޮށްލެވޭނެ ކަމަށެވެ.
ހަމައެއާ އެކު އެއްވެސް އެލާޖީއެއް ހުންނަކަން ފާހަގަ ނުކުރެވޭ މީހަކަށްވެސް ގިނަދުވަސްވީ ބެޑްޝީޓެއްގެ ސަބަބުން އެލާޖިކެއް ވެދާނެ ކަމަށް ޓައިރޯ ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް