ކޯވިޑަށް ޕޮސިޓިވްވީ 36 މީހުން، ރިސޯޓުތަކުގައި ޕޮސިޓިވް 100 އެއްހާ މުވައްޒަފުން

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 36 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. ޕޮސިޓިވްވި މީހުންގެ ތެރެއިން 31 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ ފަސް...

02 Nov 2020 | 18:18

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 36 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ޕޮސިޓިވްވި މީހުންގެ ތެރެއިން 31 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ ފަސް މީހުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 15 ބިދޭސީންނެވެ. މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 1،318 ސާމްޕަލެެވެ.

މިވަގުތު ޖުލްމަ ކޯވިޑަށް ފަރުވާ ދެމުން ދަނީ 776 މީހުންނަށެވެ. އޭގެ ތެރެއިން 56 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދެ އެވެ.

އެޗްޕީއޭއިން ބުނީ އަތޮޅު ތެރޭގެ 13 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 15 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.

ރިސޯޓުތަކަށް ބަލާއިރު 31 ރިސޯޓެއްގައި ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 97 މުވައްޒަފުންނާއި 43 ޓޫރިސްޓުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 10،916 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 11،737 އަށް އަރާފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 38 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް