އައްޑޫ ސިޓީގައި ޖަނަވާރަކަށް ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

ޖަނަވާރަކަށް ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެފި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އ...

02 Nov 2020 | 11:38

ޖަނަވާރަކަށް ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ޖަނަވާރަށް ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެމީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމަށް މައުލޫމާތުލިބެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އީޕީއޭއިން ފުލުހުންނަށް ހުށަހެޅީ ހިތަދޫގައި މީހަކު ވާ މެރި މައްސަލައެވެ. އެމީހާ ވާ މެރީ އެގޭގައި ހައްދާފައި ހުރި ޖަނބުރޯލު ގަހަކަށް ވާ ޖައްސާތީ އުނދަގޫ ބޮޑުވެގެން ކަމަށްވެ އެވެ.

ވާ މެރުމަށްފަހު އެމީހާ ވަނީ އެކި ގޮތްގޮތަށް ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް