ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކާ ބައްދަލުވެ، ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް މިވަގުތު ހުންނެވީ ސެލްފް އައިސޮލޭޝަންގައި ކަމަށް، ހާމަކުރައްވައިފި އެވެ.
ޑރ ޓެޑްރޯޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ހަށިގަނޑުން އަދި ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށެވެ. އަދި ހާލުވެސް ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތަށް، ކަރަންޓީނު މުއްދަތުގައި، ވަޒީފާގެ މައްސޫލިއްޔަތު އަދާ ކުރައްވާނީ ގޭގައި ހުންނަވައިގެން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފަ އެވެ.
https://twitter.com/DrTedros/status/1323032927492542465
ކޮވިޑް-19 ގެ ކޭހަކާ ކޮންޓެކްޓްވެ، ޑރ ޓެޑްރޯޒް ކަރަންޓީނުވެވަޑައިގެންފައި މިވަނީ، ޑަބްލިއުއެޗްއޯގެ މައި އިދާރާ މަރުކަޒު ކޮށްފައިވާ ސުވިޓްޒަލަންޑްގެ ވެރިރަށް ޖެނީވާގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
މި ވަގުތަކީ ކޮވިޑް-19ގެ އިތުރު ރާޅެއް ވިލާތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ވަގުތެއް ކަމަށް، ޑަބްލިއުއެޗްއޯގެ ވިލާތު ގޮފީގެ އިސްވެރިޔާވެސް ވަނީ އިންޒާރު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް