ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް އިން 551 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 391 ވިޔަފާރިއަކަށް ޖުމުލަ 551 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި ކަމަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ. ފިނޭސުން އާންމުކޮށްފައިވާ...

02 Nov 2020 | 10:07

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 391 ވިޔަފާރިއަކަށް ޖުމުލަ 551 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި ކަމަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ.

ފިނޭސުން އާންމުކޮށްފައިވާ ތަފާސްހިސާބުތަށް ދައްކާގޮތު އަށް ބީއެމްއެލްއިން ވަނީ ވިޔަފާރިތަކަށް މިލިއަން ޑޮލަރު ވެސް ދޫކޮށްފަ އެވެ. ބީއެމްއަލްއަށް ލޯނަށް އެދި ހުށަހެޅީ 582 ވިޔަފާރިއަކުންނެވެ. އޭގެ ތެރެއިން 417 ވިޔަފާރިތަކަށް ބީއެމްއެލްއިން ވަނީ ލޯނު ދޫކުށްފަ އެވެ، އަދި ރިޖެޓް ކުރީ 17 ހުށަހެޅުމެކެވެ. ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ލިބިފައިވާ ވިޔަފާރިތަކަށެވެ.

ލޯނުތަށް ދޫކުރާއިރު ވިޔަފާރިތަކުގައި ދިވެހިންގެ ހިއްސާ އޮންނަ ވަރާއި އެ ވިޔަފާރިތަކުގައި މުވައްޒިފުންގެ ގޮތުގައި ދިވެހިން ތިބި ނިސްބަތް ބަލާނެ އެވެ. ފިނޭސުން ބުނީ، 45 ޕަސަންޓަށް ވުރެ މަތިން ދިވެހިން މުވައްޒިފުން ގެންގުޅޭނަމަ ބީއެމްއެލްއިން އެ ވިޔަފާރިއަކަށް ލޯނު ދޫކުރުމަށް އިސްކަން ދޭނެ ކަމަށެވެ.

ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ. މި ލޯނަކީ ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރަޑަކާއެކު ތިން އަހަރުން ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.

ދާދިފަހުން ބީއެމްއެލްއިން ވަނީ އެ ބޭންކުން ދޫކުރާ ޕާސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓަށް ބަދަލުތަކެއް ގެނެސްފި އެވެ. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް