އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް "އާޓް އޮފް އެކްޝަން" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
މި މުބާރާތް ކުރިޔަށް ގެންދަނީ އުރީދޫ، ފެމިލީ ލީގަލް ކްލިނިކް އަދި ޔޫއެންޑީޕީ ގުޅިގެންނެވެ. މި މުބާރާތަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިސިމް އެގެއިންސްޓް ޖެންޑާ ބޭސްޑް ވަޔަލެންސް" އާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އޫރީދޫން ބުނެ އެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، އަނިޔާ ލިބޭ ފަރާތްތަކަށް އަދުލު އިންސާފު ހޯދައި ދެވޭނެ ގޮތްތަކާއި، އެފަރާތްތައް ބާރުވެރިކުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރަތެކެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، އަންހެނުންނަށާއި ކުދިންނަށް މުޖުތަމަޢުގައި އޮންނަންޖެހޭ ރައްކާތެރިކަމާމެދު ކުރާ އުންމީދު ތަކާއި މެދު އާންމުންގެ ޝުއޫރުފާޅު ކުރުން ކަމަށް އުރީދޫއިން ބުނެ އެވެ.
މި މުބާރާތުގައި ތިން ކެޓަގަރީއަކުން ކުރެހުން ހުށަހެޅެއެވެ. މުބާރާތުގައި ބައިވެރި ވެވެނީ އުމުރުން16 އަހަރުން މަތީގެ މީހުންނަށެވެ.
ކުރެހުން ހުށަހެޅޭނެ ދާއިރާތައް:
- އަދުލް އިންސާފު: އަނިޔާ ލިބިފައިވާ އަންހެނުންނަށް އަދުލް އިންސާފު ހޯދަން މުޖުތަމައު އިން ކުރެވޭނެ ކަންތައްތައް
- ބާރުވެރިކުރުވުން: އަނިިޔާ ލިބިފައިވާ އަންހެނުން ބާރުވެރިިކޮށް، އެ މީހުންނާ މެދު އޯގާތެރިކޮށް ކަންތައް ކުރަން އާއިލާ އާއި ރަހުމަތްތެރިން ކުރެވޭނެ ކަންތައްތައް
- އުއްމީދު: އަންހެނުންނާއި ކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު ކުރާ އުންމީދު
މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 16 ވަނަ ދުވަހެވެ. ކުރެހުން ހުށަހަޅާ އިރު އެ މީހެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރާއި އުމުރު ހިމަނަން ޖެހޭނެ އެވެ. ކުރެހުންތައް ފޮނުވާނީ [email protected] އަށެވެ.
މި މުބާރާތުގައި އެންމެ ރަނގަޅު 16 ކުރެހުމެއް ހޮވުމަށް ހަމަޖެހިފައިިވެ އެވެ އަދި މި މަހުގެ 25 އާއި އަންނަ މަހުގެ 10 ވަނަ ދުވަހާ ދެމެދު އެ ކުރެހުންތައް އޫރީދު އާއި ފެމިލީ ލީގަލް ކްލިނިކާއި ޔޫއެންޑީޕީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ޕޯސްޓުކުރާނެ އެވެ. މީގެ އިތުރުން އޫރީދޫގެ ލެޑް ބޯޑުތަކުގައި ވެސް މި ކުރެހުންތައް އިޝްތިހާރުކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް