ކަނޑިންމައިން އިތުރު ދެ މުވައްޒަފަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ދ. ކަނޑިންމަ ރިސޯޓުން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްއީއޯސީން ބުނީ ރޭ އެ ރިސޯޓުން 33 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ސާމްޕަލެއް ޕޮސިޓިވްވެފައިވާ ކަމަށާއި އެއީ...

02 Nov 2020 | 06:50

ދ. ކަނޑިންމަ ރިސޯޓުން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ ރޭ އެ ރިސޯޓުން 33 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ސާމްޕަލެއް ޕޮސިޓިވްވެފައިވާ ކަމަށާއި އެއީ ދެ މުވައްޒަފަކު ކަމަށް ބުނެފައިވެ އެވެ.

ޓެސްޓު ކުރި 33 މީހުންގެ ތެރޭގައި ހިމެނެނީ 12 މުވައްޒަފަކާއި އެ ރިސޯޓުން ފުރަން ހަމަޖެހިފައި އޮތް 21 މީހެކެވެ. އެ ރަށުން ރޭ ނެގި 33 ސާމްޕަލެއް ޓެސްޓުކޮށްފައިވާއިރު އިތުރު 149 ސާމްޕަލް ނަގާފައިވާ ކަމަށް ބުނެ އެވެ.

އެ ރިސޯޓުން އިއްޔެ ރޭ ޓެސްޓު ކުރި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލެއް ޕޮސިޓިވްވެފައިވެ އެވެ. އެ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައި އެވެ.

އެ ރަށުގައި މިހާރު ޓޫރިސްޓުންވެސް އެބަތިއްބެވެ. އެޗްއީއޯސީން ބުނީ ޓޫރިސްޓުންނަށް ރިސޯޓުން ފުރޭނީ ޕޮސިޓިވް މީހެއްގެ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރު ޓެސްޓު ހަދައި ނެގެޓިވް ވެއްޖެ ނަމަ ކަމަށެވެ.

ކަނޑިންމަ ރިސޯޓުން ގިނަ ބަޔަކު ކޯވިޑަށް ޓެސްޓު ކުރަން ނިންމީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯވިޑް ޖެހިގެން މަރުވުމުންނެވެ. އެމީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދ. އަތޮޅު ހޮސްޕިޓަލަށް ގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް