ބްރާ އެޅުމަކީ އަންހެންވެރިން ކޮންމެހެންވެސް ކުރުން ލާޒިމް ކަމަކަށް ވަނީ ވެފައެވެ. ބައެއް އަންހެނުން ދެކޭ ގޮތުގައި ބްރާ އެޅުމަކީ ގިނަ ގޮތްގޮތުން ކުރުން ރަނގަޅުވެސް ކަމެކެވެ. ބައެއް އަންހެނުން ދެކޭ ގޮތުގައި ބްރާ އެޅުމަކީ އައުރަ ނިވާކުރުމުން ރައްކާތެރިކޮށްދޭ ވެސް ކަމެކެވެ. އެގޮތުން ބްރާ ނާޅައި އުޅޭނަމަ އެކަން ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުރެއެވެ.
ބްރާ އަކީ ތަފާތު ބޭނުންތަކުގައި އަޅައި އުޅޭ އެއްޗަކަށްވެފައި ވާއިރު، ފަހަކަށް އައިސް އެކަން އޮންނަނީ ފެޝަނަކަށްވެސް ވެފައެވެ. އެގޮތުން ތަފާތު ޑިޒައިންތަކާއި ކުލަތަކުގެ ބްރާ އެޅުމަކީ ބައެއް އަންހެނުން ކުރަމުން އަންނަ ކަމެކެވެ.
ކޮންމެ އަކަސް އަންހެން ވެރިން މިކަމުގައި ދެކޭ ގޮތާއި ސައިންސްވެރިންގެ ހޯދުތަކުން ދައްކާގޮތާއި މުޅިން ތަފާތެވެ. އެގޮތުން ސައިންސްގެ ހޯދުންތަކަށް ބަލާއިރު އަންހެނުން ބްރާ އެޅުމަކީ ސިއްޚީ ގޮތުން އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ދުނިޔޭގެ ސައިންސް ވެރިން މިފަދަ ހޯދުންތައް ހޯދަނީ ވަރަށް ބޮޑަށް ކަންކަން ދުރާލައި ދިރާސާތަކެއް ހެދުމަށް ފަހުގައެވެ. އަހަރެމެން އެންމެނަށް ވެސް އެނގޭ ގޮތުގައި ދުނިޔޭގައި ބްރާ ނާޅާ ދުވަސް ނުވަތަ " ނޯ ބްރާ ޑޭ" ގެ ގޮތުގައި ފާހަގަކުރަމުން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހަކީ މި ބޭނުމުގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރަން ފެށީ 2011 ވަަ އަހަރުއެވެ.
ބްރާ ނާޅާ ދުވަހެއްގެ ގޮތުގައި އެ ދުވަސް ފާހަގަކޮށް އިންތިޒާމް ކުރާ ފަރާތްތަކުން ބުނަނީ އެއީ ހަޤީޤަތުގައި ވެސް އެ ބޭނުމުގައި ފާހަގަ ކުރާ ދުވަހެއް ކަމަށެވެ. އެގޮތުން އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބައެއް ޤައުމުތަކުގައި ހޭލުންތެރިކުރުމުގެ އަދި މަޢުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ.
ސައިންސްވެރިން މީގެ ކުރިންވެސް ވަނީ މިކަމާއި ގުޅިގެން ތަފާތު ދިރާސާތަކެއް ކޮށްފައެވެ. އެގޮތުން ދާދި ފަހުން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ބްރާ އެޅުމަކީ ސިއްހީ ގޮތުން ވަރަށްވެސް ނުރައްކާތެރި ޙާލަތްތަކެއް މެދުވެރިވެދާނޭ ކަމެއް ކަމަށެވެ.
ސައިންސްވެރިންގެ ދިރާސާތަކުގައި ވާގޮތުން ބްރާ އެޅުމަކީ މޭމަތީގެ މަސްތަކަށް ގެއްލުންވެ، ބްރެސްޓް ކެންސަރަށް މަގުފަހިވާ ކަމެއްކަމަށެވެ. އެ ދިރާސާއިން އެނގިފައިވާ ގޮތުގައި ބްރާ ނާޅާ އަންހެނުންނަށްވުރެ ބްރާ އަޅާ އަންހެނުން ކެންސަރު ނުވަތަ އެފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް އޮންނަ ފުރުސަތު ދެގުނައަށް އިތުރެވެ.
ހަމަ އެހެންމެ ބްރާ އެޅުމުން ބައެއް މީހުންގެ މޭމައްޗަށް ތަދުވެ، އެ ތަދު ދުވަހުން ދުވަހަށް އިތުރުވެ ނުރައްކާތެރި ހާލަތަކަށް ގޮސް ހެލިފެލިވެ އުޅުމަށް ހުރަސް އެޅޭ ފަދަ ހާލަތުތަކަށްވެސް ގޮސްފައިވެއެވެ.
މައިގަނޑު ގޮތެއްގައި ބާރުކޮށް ބްރާ އަޅާ އަންހެނުންގެ ދިފާއީ ނިޒާމްގެ މަސައްކަތްތަކަށް ހުރަސް އެޅި ފަސޭހަކަމާއެކީ ބަލިތަކުގެ ޝިކާރައަކަށް ވެގެންދާ ކަމަށް އެ ދިރާސާއިން އެނގެން އޮވެއެވެ. ބްރާ އެޅުމުން ސިއްހީ ގޮތުން ލިބޭ އެއްވެސް ފައިދާއެއް ނުވާ ކަމަށް މީގެ ކުރިން ވެސް ކުރިޔަށްގެންދިޔަ މިފަދަ ގިނަ ދިރާސާތަކުން ވަނީ ހާމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް