މަޖިލީހަށް ބަޖެޓު ހުށަހެޅުން އަންނަ ހަފްތާގައި

ފިނޭސް މިނިސްޓްރީއިން 2021 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އ...

02 Nov 2020 | 05:23

ފިނޭސް މިނިސްޓްރީއިން 2021 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މަޖިލީހަށް ފިނޭސް މިނިސްޓަރު އިބްރާހީމް ހުށަހެޅި ބަޖެޓް ލިބިފައިވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، މިނިސްޓަރު ތަޅުމަށް ވަޑައިގެން ބަޖެޓް ހުށަހަޅުއްވަން ޖެހޭ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އަންނަ ހޯމަ ދުވަހު ބަޖެޓު ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އިތުރަށް މަޖިލީހުގެ ގަވާއިދުގައި ވަނީ، ސަރުކާރުން ހުށަހަޅާ ބަޖެޓް މަޖިލީހުގެ މެންބަރުންނަށް ހިއްސާ ކުރަން އޮންނަނީ ފިނޭންސް މިނިސްޓަރު މަޖިލީހުގެ ތަޅުމަށް ވަޑައިގެން ބަޖެޓް ހުށަހެޅުއްވުމަށް ފަހުކަމަށެވެ.

ނަޝީދު ވިދާޅުވީ ފިނޭސުން މަޖިލީހަށް ފޮނުވި ބަޖެޓު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ދިރާސާކޮށް ނިމި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މި މަހުގެ 16 ވަނަ ދުވަހު ބަހުސް ފެށޭނެ ކަމަށާއި އެ ބަހުސްގައި ކޮންމެ މީހަކަށް ވާހަކަ ދައްކަން 15 މިނިޓް ލިބޭނެ ކަމަށެވެ.

ފީނޭސުން މީގެ ކުރިން ބުނެފައިވަނީ މަޖިލީހަށް ފޮނުވާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓަށް ކަމަށެވެ. އެ ބަޖެޓުގެ ތަފްސީލު އަދި ފިނޭސުން ހާމައެއް ނުކުރެ އެވެ. އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް