ބަރުދަން ލުއިކޮށްލުމަށް އޯޓްސް ވަރެއް ހަމަ ނެތް!

ދުނިޔޭގެ ސިއްޚީ މާހިރުން  ވިދާޅުވާގޮތުގައި، ފަތިހު ހޭލާ ހަރަކާތް ތެރިވެ އުޅޭމީހުންނަކީ އެމީހުންގެ ދުވަސް އެންމެ ތާޒާކޮށް ހޭދަކުރާ މީހުންނެވެ. ހަޤީޤަތަކީ ވެސް އެއީއެވެ. ފަތިހު ހޭލައިގެން ނަމާދު ކޮށް ކަ...

02 Nov 2020 | 05:08

ދުނިޔޭގެ ސިއްޚީ މާހިރުން  ވިދާޅުވާގޮތުގައި، ފަތިހު ހޭލާ ހަރަކާތް ތެރިވެ އުޅޭމީހުންނަކީ އެމީހުންގެ ދުވަސް އެންމެ ތާޒާކޮށް ހޭދަކުރާ މީހުންނެވެ. ހަޤީޤަތަކީ ވެސް އެއީއެވެ. ފަތިހު ހޭލައިގެން ނަމާދު ކޮށް ކަސްރަތުކޮށް ހެނދުނުގެ ނާސްތާ ނަގައި ފެންވަރައިގަތުމުން މުޅި ދުވަސް އެމީހަކަށް ތާޒާވީއެވެ. އޮފީހަށް ނިކުމެ މަސައްކަތް ކުރިޔަސް ނުވަތަ އެހެން ކަމެއް ކުރާ މީހެއް ކަމުގައިވީ ނަމަވެސް ދުވަހުގެ ތާޒާކަމާއި އަރާމުކަން އިހުސާސްވެގެން ދާނެއެވެ.

މިކަމާއި ގުޅިގެން ނޯތުވެސްޓާން ޔުނިވާސިޓީ އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފަތިހު ހޭލައިގެން ހެނދުނުގެ ނާސްތާ އަށް އޯޓްސް ހިމަނައިގެން ބޭނުން ކޮށްފިނަމަ ސިއްޚަތަށް ކުރާ ފައިދާ އިތުރަށް ބޮޑުވެގެންދެއެވެ. އަދި ހަށިގަނޑުގެ ބަރުދަން ލުއިކޮށްލުމަށް ބޮޑު އެހީއަކަށް ވެސް ވެގެންދެއެވެ.

ޚާއްސަކޮށް ޑައެޓްކުރާ މީހުން ހެނދުނު ހޭލުމަށް ފަހު ކުރާ ހެނދުނުގެ ނާސްތާގައި އޯޓްސް ހިމްނުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމުގައިވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

އެހެން ކަމުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްލުމަށް އޯޓްސް ހެނދުނުގެ ނާސްތާއަށް ބޭނުންކުރާށެވެ. އޯޓްސް އަކީ އޭގައި ހިމެނޭ ފައިބާ އަދި ކާރބްސް އިން މުއްސަނދި އެއްޗެކެވެ. ކެއުމުގައި އޯޓްސް ބޭނުން ކުރުމުން ބަނޑުހައި ނުވެ ގިނައިރު ހިފަހައްޓައިދީ ހަށިގަނޑުގައި މެޓްބޮލިޒަމް އިތުރުކޮށްދެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ހެނދުނު ނާސްތާގައި އޯޓްސް ހިމަނާއިރު، އެއާއި އެކު އާފަލެއް ހިމެނުމަކީ އެކަމުގެ ފައިދާ އިތުރަށް ބޮޑުވެގެންދާ ކަމެއްކަމަށް ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އާފަލަކީ އޭގައި ގުދުރަތީ ގޮތުން ވަކި މިންވަރަކަށް ހަކުރު ހިމެނޭ އެއްޗަކަށް ވެފައި އޭގައި ފައިބަރ ގިނައަދަދަކަށް ހިމެނެއެވެ.

ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ހެނދުނުގެ ސަޔަށް އޯޓްސް ބޭނުން ކުރުމުން ސިއްޚީ މައްސަލަތަށް ކުރިމަތިވުން ކުޑައެވެ. އެގޮތުން އާންމުކޮށް މި ދިމާވާ ހާޓްއެޓޭކް ޖެހުމުގެ ޗާންސް ވަރަށް ބޮޑުތަން ކުޑަކޮށްދެއެވެ.

ހެނދުނުގެ ނާސްތާއަކީ ކޮންމެ މީހަކަށް ވެސް މުހިންމު ކެއުމެކެވެ. ރަނގަޅު ކާނާ ހެނދުނު ބޭނުން ކުރުމުން ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް