އިތުރު ތިން ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ތިން ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި ކަމަށް ...

02 Nov 2020 | 05:00

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ތިން ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީއިން ބުނީ ނަން އަނބުރާ ގެންގޮސްފައިވަނީ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަލާފައިވަ ތިން ކެންޑިޑޭޓުން ކަމަށެވެ. އެ ކެންޑިޑޭޓުންނަކީ ހދ. ހިރިމަރަދޫ އާއި ރ. މަޑުއްވަރީ އަދި ދ. ހުޅުދެލި ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނެވެ. ނަން އަނބުރާ ގެންދިޔައީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަދި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުންނެވެ.

ލޯކަން ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން މިދިޔަ ޖޫން މަހު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލުމުން، ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 65 ކެނޑިޑޭޓެއްގެ ނަން އަނބުރާ ވަނީ ގެންގޮސްފަ އެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އީސީއިން ބުނެފައިވަނީ ކައުންސިލް އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ މާޗު މަހު ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މިހާރުވެސް ކެމްޕޭން ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް