ހުޅުދެލީ ބަނދަރަށް އިތުރު ކުރާ ބައި ފުންކުރުމުގެ 55 ޕަސެންޓު މަސައްކަތް ނިންމައިފި

ދ. ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ23 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާޜު ކުރިޔަށް ދަނީ ބަނދަރ...

02 Nov 2020 | 04:46

ދ. ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ23 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާޜު ކުރިޔަށް ދަނީ ބަނދަރަށް އަލަށް އިތުރު ކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ55 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުދެލީ ބަނދަރުގެ 45،585 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެ އެވެ.

277 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 2،160 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 39.8 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 25 ޖޫން 2020 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް