ގެއްލިގެން ހޯދި އަންހެން މީހާ އަމިއްލައަށް ގެއަށް ގޮސްފި

މާލެއިން ރޭގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި އަންހެން މީހާ މިއަދު ހެނދުނު އަމިއްލައަށް ގެއަށް ގޮސްފި އެވެ. ގެއްލިގެން ހޯދަން އިއުލާނު ކުރީ ރ. ކިނޮޅަސް، ލަގްޒަރީ، އުމުރުން 33 އަހަރުގެ ޝިރުމީނާ އ...

02 Nov 2020 | 04:34

މާލެއިން ރޭގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި އަންހެން މީހާ މިއަދު ހެނދުނު އަމިއްލައަށް ގެއަށް ގޮސްފި އެވެ.

ގެއްލިގެން ހޯދަން އިއުލާނު ކުރީ ރ. ކިނޮޅަސް، ލަގްޒަރީ، އުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރެވެ.

ފުލުހުން މިއަދު ބުނީ އޭނާ އަމިއްލައަށް ގެއަށް ދިޔައީ ހެނދުނު 8:45 ހާއިރު ކަމަށެވެ.

އަދި އާއިލާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އޭނާ ގެއްލިފައިވަނީ އިއްޔެ މެންދުރު 1:30 ހާއިރު އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރީ ރޭގެ ވަގުތެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް