އިޓާލިއަން ސެރިއޭގައި ރޭ އުދުނޭޒީއާއި ދެކޮޅަށް ކުޅުނު މެޗުނު މެޗުގެ ފަހުވަގުތު އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ގޯލާއެކު އޭސީ މިލާން މޮޅުވެއްޖެއެވެ.
އުދިނޭސީގެ ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ދަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް މިލާނުންނެވެ. މި ލަނޑު އިބްރަހިމޮވިޗް ދިން ފާހަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ.
މިލާން ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، އުދިނޭޒީން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭގައި ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ޑި ޕައުލް އެވެ. މިއީ އެލެސިއޯ ރޮމަގްނޯލީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މި މެޗުން މިލާން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗްއެވެ.
މިއީ އޭންޓް ރެބިކް ނަގައިދިން ހުރަހެއް ވަރަށް ރީތިކޮށް ބައިސިކަލް ކިކެއް ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ އޭސީ މިލާން ޖެހިޖެހިގެން މޮޅުވި 6 މެޗުގައި ވެސް ލަނޑުޖެހި 2 ވަނަ ކުޅުންތެރިއާ އަށެވެ.
މި ނަތީޖާތަކާއެކު އޭސީ މިލާނުން ތާވަލްގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއި އެކުގައެވެ. އުދިނޭޒީއަށް 6 މެޗުން ލިބުނު 3 ޕޮއިންޓާއެކު އޮތީ ތާވަލްގެ 18 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް