އޮބަމަޔަން ކާމިޔާބު ކޮށްދިން ލަނޑާއި އެކު ޔުނައިޓެޑު އަތުން އާސެނަލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރ ޔުނައްިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅު ވެއްޖެއެވެ. މި މެޗުން އާސެނަލް މޮޅުވީ0-1 ގެ ނަތީޖާއިންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދ...

02 Nov 2020 | 03:02

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރ ޔުނައްިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅު ވެއްޖެއެވެ.

މި މެޗުން އާސެނަލް މޮޅުވީ0-1 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ އޮބަމަޔަންގް އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން އާސެނަލްގެ ހެކްޓާ ބެލެރިން އަށް ޕައުލް ޕޮގްބާ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ރޭގެ މި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވާއިރު، މިއީ 2006 ގެ ސެޕްޓެމްބަރުގެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

މި މެޗުގައި ޔުނައިޓެޑަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވީ ނަމަވެސް މި މެޗުގައި ރަނގަޅަށް ކުޅެފައިވަނީ އާސެނަލްއިން ކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެ ޓީމު އަށްވަނައިގައި އޮތީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. މެޗުން ބަލިވި ޔުނައިޓެޑު އޮތީ ތާވަލުގެ 15 ވަނައިގައެވެ. މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުތަކުން އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް