ސްވިޑިޝް އަދި ބޮލީވުޑް ބަތޮލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ރުކަކަށް އަރާ އިން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.
ރުކެއްގެ ތަންކޮޅަކަށް އަރާއިނދެ އިންސްޓަގްރާމަށް ދޫކޮށްލާފައިވާ މި ފޮޓޯގެ ކެޕްޝަނުގައި އެލީ ބުނެފައިވަނީ އިއްޔެއަކީ ހޮލޯވީން ކަމަށް އަޑު އިވިފައިވާކަމަށެވެ.
މި ބަތޮލާއަކީ ކުރިން ސްވިޑަންގެ ސިނަމާތަކުގައި މަސައްކަތްކުރި ތަރިއެކެވެ. މިހާރު ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އިތުރުން ތަމިލް، މަލަޔާލަމް ފިލްމުތަކުގައިވެސް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
ބިގްބޮސް 7ގައި ޕާޓިސިޕޭޓްކޮށްފައިވާއިރު މަލަންގް، ޖަބަރްޔާ ޖޯޑީ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެއެވެ. ޗުއްޓީ ހޭދަކޮށްލުމަށް އެލީ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް