އެއާޕޯޓުގައި ފުރަން ގޮސްހުރި ދިވެއްސެއްގެ އަތުން ވަޒަނެއްގެ ދޯރިއެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުރި މީހެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ އެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. އެ ދޯރި ފެނުނީ އެ މީހާ ޓާމިނަލަށް ގޮސް ހުއްޓައި އޭވިއޭޝ...

02 Oct 2026 | 11:05
ވީއައިއޭ --

ވީއައިއޭ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުރި މީހެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ އެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ.

އެ ދޯރި ފެނުނީ އެ މީހާ ޓާމިނަލަށް ގޮސް ހުއްޓައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިންގި ރޫޓީން ސްކްރީނިން މަރުހަލާގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ނަމަވެސ މި މައްސަލައިގަ އެމީހާ ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި ވީއައިއޭއިން ފުރަން ގޮސް ހުރި މިސްރު މީހަކު ދަބަހުގައި ބަޑިއެއް އޮތް ކަމަށް ބުނުމުން އެމީހާ ހައްޔަރު ކުރި އެވެ. މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އޭނާވަނީ އެހެން ބުނީ މަޖަލަކަށް ކަމަށް ބުނެ މައާފަށް އެދިފައި އެވެ.

ފަހުން މިސްރު ސަރުކާރު މެދުވެރިވެގެން އެމީހާ ވަނީ ބަންދުން ސަލާމަތްކޮށްގެން އަނބުރަ މިސްރަށް ގެންގޮސްފައި އެވެ.

އެއާޕޯޓާއި އެނޫންވެސް ތަންތަނުގައި ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި ގެންގުޅޭކަމަށް ބުނުމަކީ ގާނޫނީ ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް