އެމެރިކާގެ ރައީސް ޓްރަމްޕާއި އަނބިކަނބަލުން މިލޭނިއާ ކޯވިޑަށް ޕޮސިޓިވް ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މިލޭނިއާ ޓްރަމްޕް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ޓްރަމްޕާއި އަނބިކަނބަލުން ކޯވިޑަށް ޕޮސިޓިވްކަން އިއުލާނު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގަ...

02 Oct 2020 | 05:41

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މިލޭނިއާ ޓްރަމްޕް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ޓްރަމްޕާއި އަނބިކަނބަލުން ކޯވިޑަށް ޕޮސިޓިވްކަން އިއުލާނު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. ޓްރަމްޕް ވިދާޅުވީ ޕޮސިޓިވްވުމުން ކަރަންޓިން ވެފައިވާ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބުނީ އިއްޔެ ކަމަށެވެ.

ދެމަފިރިކަނބަލުން ކަރަންޓީންގައި ތިއްބަވަނީ ވައިޓް ހައުސްގައި އެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ ޓްރަމްޕާއި މިލޭނިއާ ކޯވިޑަށް ޕޮސިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށެވެ.

ވައިޓް ހައުސްގެ މެޑިކަލް ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސްގެ ހާލުކޮޅު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މިހާރުގެ ހާލަތު ހުރި ގޮތުން ގައުމުގެ ރައީސް ކަމުގެ ޒިންމާތަށް އަދާ ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމެރިކާ ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ.

ޓްރަމްޕް ކޯވިޑަށް ޓެސްޓު ކުރީ ޕޮސިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓު ވެ، ކަރަންޓީން ވާން ޖެހުމުންނެވެ.

ވައިޓް ހައުސް މީޑިއާ ޓީމުން ބުނެފައިވާ ގޮތުގައިި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައި ވަނިކޮށް ޓްރަމްޕް ޕޮސިޓިވް ވިޔަސް ކެމްޕެއިންގެ ފޯރި ކުޑަވިޔަ ނުދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް